ފުވައްމުލަކު ކާރިން އައިލެންޑް ސަފާރީ-1 އިން ކަރަންޓީނު ކުރި ސަފާރީގައި ތިބި ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް ދާދި ދެންމެ ސަރުކާރުން ހާމަކޮށްފިއެވެ. މި އާއި އެކު މިހާތަނަށްް ރާއްޖެއިން މި ބައްޔަށް ޕޮސިޓިވް ވި މީހުންގެ ޢަދަދު 13 އަށް އެރީއެވެ. 

މިއީ ސަފާރީއަކުން މިބައްޔަށް މީހަކު ޝައްކު ކުރެވިގެން ޓެސްޓްކުރެވުނު ފުރަތަމަ މީހާއެވެ. މި ސަފާރީ ކަރަންޓީނުކޮށް މޮނިޓަރިން ޙާލަތަށް ލީ ހިސާބުން ފެށިގެން ސަރުކާރުން ދަނީ މި މީހުންގެ ކަންކަން ގާތުން ބަލަމުން ނަމަވެސް މިއީ ކޮން ޤައުމެއްގެ ބައެއްކަން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

މިވަގުތު ފަރުކޮޅު އައިސޮލޭޝަންގައި 9 މީހުން އަދި ވިލިވަރު ކަރަންޓީނުގައި 17 މީހުން އެބަ ތިއްބެވެ. 

އަނަންތަރާ ދިގުން މިއަދި ޕޮޒިޓިވްވި ދެ މީހުން ފިޔަވައި މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.