އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައިގައި މީގެ ކުރިން ގދ/ ތިނަދޫއިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލި މުހައްމަދު ރުސްތުމް މުޖުތަބާ (37 އަހަރު) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ މާލެއިންނެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ މީގެ ކުރިން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ފަހު މިނިވަން ކުރުމުން އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓް ކުރަން ފަށަފައިވާ ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ޝަކުވާކޮށް ނުރުހުން ފާޅު ކުރަމުން ވެސް ދަނިކޮށެވެ.

ރުސްތަމް ދޫކޮށްލި ފަހުންވެސް ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހައި ވަކި ތާރީހެއްގައި ދިވެހި ރާއްޖެ ސެކިއުލާ ދައުލަތަކަށް ބަދަލުވާނެ ކަމަށް ބުނެ ޓުވީޓުތަކެއް ކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އައި ވަކިއެއްޗެއް ބުނެފައެއް ބުނެފައެއް ނުވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން މިމީހާ ސެޕްޓެމްބަރު 10، 2019 ގައި ހައްރު ކުރި އެވެ. އަދި ފުލުހުން ބުނާ ގޮތުން އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް 10 އޮކްޓޫބަރު 2019 ގައި ފޮނުވި އެވެ. އަދި އެމީހާ ފުލުހުންގެ ހައްޔަރުން އޮކްޓޫބަރު 14، 2019 ގައި ކަރެކްޝަންގެ ބެލުމުގެ ދަށަށް ބަދަލުކޮށް އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު ބަންދުންވަނީ ދޫކޮށްލީ އެވެ. އެ މީހާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ކަމަށް ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *