14 އަހަރުގެ ފިރިހެން ކުއްޖަކާ ބެހުނުކަން، އދ. މަހިބަދޫ ބުލްބުލާގެ ޙުސައިން އިބްރާހީމްގެ މައްޗަށް ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށްލުމަށް، އދ. މަހިބަދޫ ކޯޓުންކޮށްފައިވާ ޙުކުމަކަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

އދ. މަހިބަދޫ ކޯޓުންކޮށްފައިވާ ޙުކުމަކަށް ހައިކޯޓުން ތާއީދުކޮށް ވަނީ ދައުލަތުން އުފުލި ދައުވާ އދ. މަހިބަދޫ ބުލްބުލާގެ ޙުސައިން އިބްރާހީމްގެ މައްޗަށް ސާބިތުވާކަމަށް ނިންމައިފަ އެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 15 އަހަރަށް ޖަލަށްލުމަށް ނިންމި ނިންމުމަށްވެސް ކޯޓުން ތާއީދުކޮށްފައިވެއެވެ.

އދ. މަހިބަދޫ ކޯޓުގެ އިސްވެ މި ދެންނެވި މައްސަލައިގެ ހުކުމަށް ތާއީދު ކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޙުސައިން ޝަހީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލާއި، ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދް އެވެ. މައްސަލައިގެ ރައުޔު ތަފާތުވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙުސައިން ޝަހީދު އެވެ.

0
0
0
0
3

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *