މިއީ މި ސަރުކާރުން ތަރައްގީކުރި ތިންވަނަ އައުޓްޑޯރ ވޮލީ ކޯޓު | ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަރމަންޓްގެ ފަރާތުން ރ. ކިނޮޅަހުގެ ކައުންސިލާއި ގުޅިގެން އެ ރަށުގައި ތަރައްގީކުރި އައުޓްޑޯރ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ސިޑިބަރިއަކާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމަށްފަހު ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ވޮލީ ކޯޓުގެ މަސައްކަތް ކުރީ އެންޓީއެން ޕާޓްނާޝިޕުންނެވެ. މި މަސައްކަތަށް ޔޫތު މިނިސްޓްރީގެ ފަރާތުން ވަނީ 538،967 ރުފިޔާ ހަަރަދުކޮށްފައެވެ.

ކިނޮޅަހުގެ ވޮލީ ކޯޓުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވަމުން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ވަރަށް ހިތްގައިމު ކޯޓެއް ކަމަށް ވިދާޅުވެ މި މަސައްކަތް ނިންމާލުމަށް ކިނޮޅަސް ކައުންސިލާއި އެ ރަށުގެ ޒުވާނުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ މުޖުތަމައު ބާރުވެރިކުރުމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ކޯޓުގެ މަސައްކަތް ކުރުމުގައި އަމަލީ ގޮތުން ކިނޮޅަހުގެ ޒުވާނުންގެ ވަނީ ބައިވެރިވެފައެވެ. އެ މަސައްކަތަށް މީގެކުރިން ވެސް މިނިސްޓަރ މަހްލޫފް ތައުރީފްކުރައްވާފައިވެއެވެ.

މިއީ ރާއްޖޭގެ ރަށެއްގައި އެޅިގެންދިޔަ އެންމެ ފެންވަރު ރަނގަޅު އެއް ވޮލީ ކޯޓު ކަމަށްވާއިރު މީގެކުރިން އއ. އުކުޅަހާއި ކ. ހުރާގައި ވެސް އައުޓްޑޯރ ވޮލީ ކޯޓުތަކެއް ތަރައްގީކޮށްފައިވެއެވެ. ވޮލީބޯޅަ ކުރިއެރުވުމަށް މަހްލޫފްގެ އިސްނެންގެވުމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ފެންވަރުގެ ކޯޓުތައް ތަރައްގީކުރުމަށް މި އަހަރުގެ ބަޖެޓްގައި ވެސް ވަނީ ހިމަނާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *