މާލެ ސިޓީގެ ޓޫރިސްޓު ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް ބިދޭސީ ފަތުރުވެރިން މިރޭ 12 އިން ފެށިގެން ޗެކްއިންވުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިރޭ 12 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކްއިންކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

މި އެންގުމުގައި ވާގޮތުން މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 10 އަކަށް އަރާފައެވެ. ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ރަށްރަށަށް އެކްސްކާޝަންއަށް ގެންދިޔުން މަނާކޮށްފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.