ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި ޔުނިވަރސިޓީތަކާއި ކޮލްޖެތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރުމަށް ޕްބްލިކް ހެލްތުން ނިންމައިފިއެވެ.

މިއަދުން ފެށިގެން 2 ހަފްތާއަށް މިތަންތަން ބަންދުކުރުމަށް ނިންމާފައިމިވަނީ ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިންނެވެ.

މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ 10 މީހަކު ރާއްޖެއިން ފެނިފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ސްކޫލްތައްވެސް ވަނީ ބަންދުކުރެވިފައެވެ.

ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ރަށްރަށަށް އެކްސްކާޝަންއަށް ގެންދިޔުން މަނާކޮށްފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *