ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިވަނީ 10 އަކަށް އަރާފައެވެ.

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު މީހުން ތިބި އިތުރު ފަސް ރިސޯޓެއް މޮނީޓާ ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ހާމަ ކޮށްފައެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު (. ފުރަނަފުށި)، ބަނޑޮސް މޯލްޑިވްސް (ކ. ބަނޑޮސް)، އޮޅުވެލި ބީޗު ރިސޯޓު (ކ. އޮޅުވެލި)، މީރު އައިލެންޑް ރިސޯޓު (ކ. މީރުފެންފުށި)، ޑްރީމްލޭންޑު މޯލްޑިވްސް ރިސޯޓު (ބ. ހިރުނދޫ) މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތީ 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *