މިހާރު ރާއްޖެއާއި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރެމުންދާތީ އޮންލައިންކޮށް ހިދުމަތްދޭ ފްލޫ ކްލިނިކެއް އޭޑީކޭ ހޮސްޕިޓަލުން ގާއިމްކޮށްފިއެވެ.

އޭޑީކޭއިން ބުނެފައިވަނީ އޮން ލައިން ފްލޫކްލިނިކުން އެޕޮއިންޓަމަންޓް ހެއްދުމުން، ޑިޖިޓަލްމެމޯއެއް ފޯނަށް ލިބޭނެކަމަށެވެ. ވައިބަރ ނުވަތަ ސްކައިޕްގައި ބޭނުންކުރަނީ އެހެންނަންބަރެއް ނަމަ އެނައްބަރެއް ފޯރު ކޮށްދިނުމުން އެނަމްބަރަކަށް މެމޯ ފޯރު ކޮށްދެވޭނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ހިލޭ ފޯރު ކޮށްދެވޭ ހިތުމަތެއްކަމުގައި އޭޑީކޭއިން ވަނީ ހާމަ ކޮށްފައެވެ.

އާސްކު އޭޑީކޭ މެދުވެރިކޮށް (ވައިބަރ، ޓެލެގްރާމް، ފޭސްބުކް މެސްންޖަރ) އިން ކިއު ތަރުތީބު އޮޅުންފިލުވޭނެއެވެ. އަދި ކިއު ތަރުތީބުން އޮންލައިން ކްލިނިކުގެ ޑޮކްޓަރެއް ގުޅުއްވާނެކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ. އެއަށްފަހު ބަލިމީހާގެ މައުލޫމާތު ދެއްވުމަށްފަހު ކޮންސަލްޓޭޝަން ކުރިއަށް ގެންދެވޭނެއެވެ.

އޮންލައިން ފްލޫ ކްލިނިކުގެ ހިދުމަތް ލިބިގެންދާނީ ހެނދުނު 8:00 ން ރޭގަނޑު 20:00 އަށެވެ. އަދި ފްލޫ ކްލިނިކްގެ އެޕޮއިންޓްމަންޓް 3313553 ލިބިލައްވާނެއެވެ.

ކޮވިޑްއާ ގުޅިގެން، ހުމާއި ރޯގާ ޖެހި ކެއްސާ ހަދާނަމަ އާންމުން ގިނައިން އެއްވާ ތަންތަނަށް ނުނިކުތުމަށް ސަރުކާރުގެ އިދާރާތަކުން ވަނީ ގޮވާލައިފައެވެ. ރިސޯޓުތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ރަށްރަށަށް އެކްސްކާޝަންއަށް ގެންދިޔުން މަނާކޮށްފައިވާއިރު ރާއްޖޭގައި 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިޢުލާނު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.