ދުނިޔޭގެ އެތައްބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ގޭމް "މައިންކްރާފްޓް" ގެ ވަރޗުއަލް ލައިބްރަރީއެއްގެ ޒަރިއްޔާއިން  ދުނިޔޭގެ އެކި ޖަރނަލިސްޓުން ލިޔެފައިވާ ޚަބަރުތަކުގެ ލިޔުންތައް ބަލާލެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިހުރިހާ ލިޔުންތަކަކީ ގައުމުތަކުގެ ސަރުކާރުން އާންމު ކުރަން މަނާ ކޮށްފައިވާ ކިޔުންތަކެވެ.

މައިން ކްރާފްޓަކީ ތަފާތު ބްލޮކްސް ބޭނުންކޮށްގެން ހިޔާލީ ދުނިޔެއެއް އެމީހަކު ބޭނުން ސްޓޯރީލައިންއަކަށް ފަރުމާކޮށްލެވޭ ގޭމެކެވެ. މައިން ކްރާފްޓުގެ ވަރޗުއަލް ލައިބްރަރީގައި ޖަލަށްލެވެއެވެ. އަދި މަރާލެވިފައިވާ އެތައް ޖަރނަލިސްޓުންގެ ލިޔުންތައް ދައްކާލާފައިވެއެވެ. އޭގެ ތެރެއިން ރަހުމު ކުޑަގޮތަކަށް ގަތުލު ކޮށްލެވުނު ސައޫދީ ޖަރނަލިސްޓު ޖަމާލް ޙަޝޯގީގެ ލިޔުންތައް ހިމެނެއެވެ.

"ރިޕޯރޓަރސް ވިތައުޓް ބޯޑަރޒް"، ބްލޮކްވަރކްސް، އިސްތިހާރުކުރާ އެޖެންސީއެއް ކަމުގައިވާ ޑީޑީބީ ޖަރމަނީ އަދި ޕްރޮޑަކްޝަން ކުންފުނި މީޑިއާ މޮންކްސްއިން ވަނީ، މައިންކްރާފްޓް ބޭނުން ކުރާ ފަރާތްތަކަށް ފަސްގައުމަކުން މަނާކޮށްފައިވާ ލިޔުންތަށް މިލައިބްރަރީގައި ފެންނަގޮތްހަދާފައެވެ. އޭގެ ތެރޭގައި އިޖިޕްޓް، މެކްސިކޯ، ރަޝިއާ، ސައުދީއަރޭބިއާ އަދި ވިއެޓްނާމް ހިމެނެއެވެ.

ޚަޝޯގީގެ ލިއުންތައްް މައިންކްރާފްޓްގެ ލައިބްރަރީގައި ދައްކާލެވިފައިވާއިރު، ޚަޝޯގީ އަކީ ސައުދީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މީހެކެވެ. ރަސްމީ ލިޔުމެއް ފުރިހަމަ ކުރަން އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ވަނީ ގެއްލިފައެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި މަރުވެފައިވާކަން ސައުދީ އަރަބިއްޔާއިން ވަނީ އޭގެ ފަހުންކަށަވަރުކޮށްދީފިއެވެ. ޚަޝޯގީ މަރާލެވިފައިވަނީ 2 އޮކްޓޯބަރ 2018 ގައެވެ.

މެކްސިކޯގެ ޒެވިއަރ ވަލްޑޭޒް އަކީ ކޮރަޕްޝަނާ ގާނޫނާ ހިލާފު އަމަލުތަކަށް އާޓީކަލް ލިޔެފައިވާ މީހެކެވެ. އޭނާވެސްވަނީ 2017 ވަނަ އަހަރު ބަޑިޖަހާ މަރާލާފައެވެ. ޒެވިއަރގެ ބައެއް ލިއުންތައްވެސް ވަނީ ލައިބްރެރީގައި އާންމުކޮށްފައެވެ.

މީގެއިތުރުން ގައުމުން ބޭރުކޮށްފައިވާ ވިއެޓްނާމެގެ އިންސާނީ ހައްގުތަކާއި ބެހޭ ލޯޔަރ އަދި ބްލޮގަރ ގުޔެން ވެން ޑާއި ގެ ލިޔުންތަކާއި، ރަޝިއާގައި ބްލޮކްކޮށްފައިވާ "ގްރާނީ.އާރްޔޫ" ވެބްސައިޓުގެ ލިޔުންތަކާއި އިޖިޕްޓުގައި ބްލޮކް ކޮށްފައިވާ މާޑާ މަސްރު ޕޯރޓަލް ގައިވާ ލިޔުންތައްވެސް ވަނީ މިލައިބްރެރީގައި ފެންނަގޮތް ހަދާފައެވެ.

2019 ވަނައަހަރު ނޫސްވެރިންގެ ރައްކާތެރިކަމަށް ހިލޭސާބަހަށް މަސައްކަތްކުރަމުން އަންނަ ކޮމިޓީއަކުން ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހާއި ހަމަޔަށް 250 ނޫސްވެރިއަކު ޖަލުގައި ތިބިކަމަށެވެ.

ބުރާސްފަތި ދުވަހު މި ލައިބްރަރީ ހުޅުވާލެވުނީ ދުނިޔޭގެ ސައިބާރ ސެންސަރޝިޕް އާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައެވެ. މިލައިބްރެރީގައި ހުރި ލިޔުންތައް އިނގިރޭސިބަހުންނާއި އެލިޔުންލިއެފާވާ އަސްލު ބަހުން ލިބެން ހުރެއެވެ.

ރިޕޯރޓަރސް ވިތައުޓް ބޯޑަރޒް ގެ މެނޭޖިންގް ޑައިރެކްޓަރ ކްރިސްޓިއަން މިރް ބުނެފައިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިނިވަން ނޫސްވެރިކަމުގެ ފުރުސަތު ނެތްކަމަށާއި، ގިނަ އަދަދެއްގެ ވެބްސައިޓް ތައް ބްލޮކްކޮށް ނޫސްވެރިކަން ކޮންޓްރޯލް ކުރަމުންދަނީ ގައުމުތަކުގެ ސަރުކާރުންކަމުގައެވެ. އަދި ޒުވާނުން ބޮޑެތިވަމުން އަންނަނީ އެމީހުންނަށް އެކަށީގެންވާ ތެދު މައުލޫމާތު ނުލިބިކަމަށްވާތީ ދުނިޔޭގެ އެންމެ މަގުބޫލު އެއްގޭމް މައިންކްރާފްޓް މެދުވެރިކޮށް މިނިވަންކަމާއި އެކު ޒުވާން ޖީލަށް މައުލޫމާތު ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

މަހަކު 145 މިލިއަނަށްވުރެ ގިނަ ކުޅުންތެރިން ބޭނުންކުރާ މައިންކްރާފްޓުން ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައި ނުވާ ގައުމުތަކުގެ މީހުންނަށް ނިމުމެއްނުވާ މައުލޫމާތު ފޯރުކޮށްދޭނެކަމަށް ރިޕޯރޓަރސް ވިތައުޓް ބޯޑަރޒްއިން ވަނީ ބުނެފައެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *