2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ، ރައްޔިތުންގެ މަޖިލިސް ޖަލްސާ ނުފެށިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އާންމުކޮށް ފަށާ ގަޑި 9:00 އަށް ޖަލްސާ ފެށިފައެއް ނުވެ އެވެ. ޖަލްސާ ފަށާ ގަޑިއަށް މިނިސްޓަރ މަހްލޫފްވެސް މަޖިލިހާށް ވަޑައިގެން އިންނެވި އެވެ. އެއީ މިއަދުގެ އެޖެންޑާގައި މިނިސްޓަރާއި ކުރިމަތިކޮށް، ސުވަލެއްވާތީ އެވެ. މިނިސްޓަރު މަހުލޫފާއި ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

ޖަލްސާ ފެށުމަށް ހަމެޖިފައިވާ ގަޑިއަށް، ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ. އޭގެއިތުން މަޖިލީހުގެ ގިނަ މެމްބަރުންވެސް ޗެމްބަރަށް ވަޑައިގެން ތިއްބެވި އެވެ.

ވިޑިއޯ: 9:00 ގައި ފެށުމަށް މަސައްކަތްކުރި ޖަލްސާ

މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާ ނުފެށި ލަސްވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިދާރާއިން ބުންޏެވެ. ނަމަވެސް ޖެހުނީ ކޮންމެ މައްސަލައެއްކަމެއް މަޖިލީހުން ނުބުނެ އެވެ.

މަހުލޫފާއި ކުރައްވާ ސުވާލުގެ އިތުރުން ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ހޮޓަ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤާރާރުވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެއެވެ. އޭގެއިތުރުން  އައްސޭރި ޖަލުގައި ތިބި ޤައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ފޮނުވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުވެސް ވަނީ އެޖްންޑާކޮށްފަ އެވެ.

މަޖިލިސް ޖަލްސާގެ އެޖެންޑާ:

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 20 ވަނަ ޖަލްސާގެ އެޖެންޑާ

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *