ސިކްސް ސެންސަސް ލާމު (ލ. އޮޅުވެލި) ރިސޯޓުގެ މުވައްޒަފުން އެހެން ރަށަކަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ކުރިން ދެންނެވުނީ އޮޅުމަކުން ކަމަށް ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.އަދި އެކަމަށް ނިހާޔަތަށް މައާފަށް އެދޭކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރާ 9 ރިސޯޓެއްގެ މުވައްޒަފުންނަށް ވަކި ގޮތެއް އަންގަންދެން ރިސޯޓުގައި މަޑުކުރުމަށް އެޗްޕީއޭއިން އަނގާފައިވާ ކަމަށެވެ.

އެ ރިސޯޓުތަކަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ އާއި، ކުރަމަތި، ސަމާ އައިލެންޑްގެ އިތުރުން ވިލިމަންދޫ ވަން އެންޑް އޮންލީ ރީތިރަށާއި އިރުވެލި، އޮބްލޫ-ސަންގެލި ރިސޯޓާއި ސިކްސް ސެންސަސް ލާމު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.