ކޮރޯނާވައިރަހާ ގުޅިގެން އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގައި ކުއްލި ހާތަލު އިއުލާން ކޮށްފިއެވެ. ވައިޓްހައުސްގައި މިހާރު ކުރިއަށްދިއަ ބައްދަލުވުމުގައި އެމެރިކާގެ އެކިއެކި ދާއިރާތަކުގެ ވެރިން ގެންދަވަނީ ކުއްލި ހާލަތަށް އެބޭފުޅެއްގެ ދާއިރާ ތައްޔާރަށް އޮތްކަމަށް ވިދާޅުވަމުންނެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެމެރިކާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ޑޮނަލްޓް ޓްރަމްޕް ވިދާޅުވިނަމަވެސް އެކުރިއެރުންތަކަކީ ގުޅޭ މާބޮޑު ތަފްސީލްއެއް ހިއްސާކޮށްފައެއް ނުވެއެވެ.

އެމެރިކާގައި ކުއްލި ހާލަތު އިއުލާނު ކުރުމުން، އެމެރިކާއަށް އެތެރެވާ ހުރިހާ ދޮރާއްޓެއް ވަގުތީ ގޮތުން ބަންދުކުރެވޭނެއެވެ.  އަދި ކުއްލި ހާލަތުގައި ބޭނުން ކުރަން އެމެރިކާއިން ކަނޑައަޅާފައިވާ 50 ބިލިއަން ޑޮލަރުގެ ރިލީފް ފަންޑު ބޭނުން ކުރެއްވުމުގެ ފުރުސަތު އެގައުމުގެ ރައީސް އަށް ލިބިވަޑައިގަންނަވާނެއެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި 5 މިލިއަން ޓެސްޓް ކިޓް އުފައްދާ ބޭނުން ކުރެވޭނެ ކަމަށާއި، އެމެރިކާގެ އެކި ހިސާބުތަކުގައި ކޮވިޑް-19 އަށް ފަސޭހަކަމާއި އަވަސްކަމާއިއެކު ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.