ކޮވިޑް19 އަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ގެންދާއިރު އެ މަސައްކަތުގައި އުޅޭ އެމްއެންޑީއެފްގެ އޮފިޝަލުން ބޭނުންކުރާނެ ހެޒްމެޓް ސޫޓް އެމެރިކާ އިން ހަދިޔާކޮށްފިއެވެ.

އެތަކެތި އެމްއެންޑީއެފްއަށް ހަވާލު ކުރައްވާފައިވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފްގެ ސަފީރެވެ. ރާއްޖެއިން އެދިިގެން އެމެރިކާ އިން ހަދިޔާކޮށްފައިވަނީ 400 ހެޒްމެޓް ސޫޓެވެ. 

މީގެކުރިން އެމްއެންޑީއެފް އިން ބުނެފައިވަނީ މިވަގުތަށް ބޭނުންވާވަރަށް ހެޒްމެޓް ސޫޓް އެބަހުރި ކަމަށާއި އަދިވެސް އިތުރަށް އެތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 9 މީހަކު ޕޮޒިޓިވް ވެފައިވާއިރު އައިސޮލޭޝަންގައި 15 މީހަކު އަދި ކަރަންޓީނުގައި 13 މީހަކު އެބަތިއްބެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *