ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީއެއްގައި ތިބި ދެމީހަކު ކޮވިޑް 19-އަށް ޝައްކު ކުރެވޭތީ އައިސޮލޭޓު ކޮށް  ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ސަފާރީއެއްގައި ތިބި ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ އެ ދެމީހުން ސަފާރީގައި އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ. އަދި ޑޮކްޓަރުންގެ ޓީމެއް އެ ސަފާރީ އަށް ދަތުރުކުރަމުންދާ ކަމަށާއި އެ ސަފާރީ އޮތީ ވަގުތީގޮތުން މީހުން އަރާ ފޭބުން މަނާކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފާރީއޮތީ ކޮން ސަރަހައްދެއްގައި ކަމާއި، ސަފާރީއަށް ކިޔާ ނަން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ނުވަ މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު 101 ސާމްޕަލްއެއް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. ރާއްޖޭގައި މިވަގުތު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު އާންމުން އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.