ހަލުވިކަމާއެކު ދުނިޔެއަށް ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް "ގޭމް'' އިން ހާއްސަ ސަރވޭއެއް ކުރަން ފަށައިފިއެވެ.

މިސަރވޭގެ މަޤްސަދަކީ ގެސްޓުހައުސް ތަކުގެ ހާލަތު ދެނެގަތުމާއި، ގެސްޓުހައުސްތައް ހިންގާ ފަރާތްތަކުގެ އިހުސާސްތައް ދެނެގަތުމާއި ކުރިއަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުން ކަމުގައި ޖީއޭއެމް އިން ވަނީ ހާމަކޮށްފައެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދާ މިސަރވޭ ފަރުމާކޮށްފައިވަނީ ގެސްޓުހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން ތަކާއި، ކެންސަލް ވެފައިވާ ބުކިންގގެ އަދަދާއި "ގޭމް''އިން މިހާލަތުގައި އެހީތެރިކަން ފޯރު ކޮށްދެވޭނެ ގޮތްތަކާއި އެހެނިހެން މުހިންމު މައުލޫމާތުތައް އޮޅުންފިލުވޭނެ ފަދަ ގޮތަކަށެވެ. 

ރާއްޖޭގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކުން މިސަރވޭގައި ބައިވެރިވެލެއްވުމަށް https://bit.ly/2TLmFTW މިލިންކުން ފޯރމް ފުރާލެވޭނެއެވެ.

މިސަރވޭ ނިމުމަށްފަހު ސަރވޭގެ ނަތީޖާ ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި ހުރިހާ ދައުލަތުގެ މުއައްސަސާތަކަށް ހުށައެޅޭނެ ކަމަށް "ގޭމް'' އިން ވަނީ ބުނެފައެވެ.

"ގޭމް'' އިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އާއި ޓުއަރިޒަމް މިނިސްޓްރީއާއި ދައުލަތުގެ މުވައްސަސާ ތަކުން މިވައިރަސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރުއަދާކޮށްފައެވެ. މީގެއިތުރުން ސަރުކާރުން މިވައިރަސް އިން ސަލާމަތްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ގެސްޓް ހައުސް ތަކުން ވީހާވެސް ބޮޑަށް އެއްބާރު ލެއްވުން ދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް "ގޭމް'' ގެ ފަރާތުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.