މިވަގުތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިދް-19 ނުވަތަ ކޮރޯނާވައިރަސް އިން ރައްކާތެރި ވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓަޑުން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

ފެނަކައިން ކޮށްފައިވާ ޓްވީޓް އެއްގައި ހާމަކޮސްފައިވާ ގޮތުން 15 މާރިޗް 2020 ވާ އާދީއްތަ ދުވަހުން ފެށިގެން އެކުންފުނީގެ ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރުއާންގެ ބަރަކާތުން އަދި ބަލިމަޑުކަމުން ދިންނެވުމަށް ކުރާ ދުޢާއަކުން ފެށުމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ނިންމަވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މިއީ ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ފެނަކައިގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ފިޔަވަޅެއްކަމުގައި އެކުންފުނިން ހާމަކުރެއެވެ.

މީގެއިތުރުން މިވަގުތު ފެނަކައިގައޮ މަސައްކަތް ކުރަމުން އަންނަ މާބަނޑު އަންހެން ކަނބަލުންނަސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހައްދަވާދެއްވާފައިވާ ކަމަސް އެކުންފުނިން ހާމަކުރެއެވެ.

ރާއްޖެއިން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އަށް ބިދޭސީން ފެނިފައެވެ. މީގެ އިތުރުން ކޮވިޑް-19 އަކީ ޕެންޑެމިކް ނުވަތަ މުޅިދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއް ކަން ދުނިޔޭގެ ސިއްހަތް ޖަމްއިއްޔާ ޑަބްލިއު އެޗް އޯ އިންވަނީ އުއުލާންކުރައްވާފައެވެ. އެއާއިއެކު މިވައިރަސްއިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިންވަނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާން ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.