ކޮވިޑް-19ގެ ނުރައްކާ ދެކުނު އޭޝިއާގެ ގައުމުތަކަށް އައިސްފައިވާއިރު، އެ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދައުވަތު ދެއްވައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކާއި އެކު، ދެކުނު އޭޝިއާގެ އަށް ގައުމެއް ހިމެނޭ ސާކް ޖަމިއްޔާގެ ހަރަކާތްތައް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ހުއްޓުން އަރާފައެވެ. 


2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދު ޖަމާއަތުން ދިން ހަމަލާތަކަކާ ގުޅިގެން، އިންޑިއާ ހިމެނޭގޮތަށް ސާކްގެ ހަ ގައުމަކުން އެ އަހަރުގެ ސާކް ސަމިޓުގައި ބައިވެރިނުވާން ނިންމިއެވެ. ޕާކިސްތާނުގައި ބާއްވަން އޮތް  2016 ވަނަ އަހަރުގެ ސާކްސަމިޓު ވަނީ އެކަމާއި ގުލިގެން ކެންސަލްކޮސްފައެވެ.

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ވައިރަހާ ގުޅިގެން ރަނގަޅު ސްޓްރެޓެޖީއަކަށް ސާކްގެ ގައުމުތަކުން މަސައްކަތް ކުރުމަށް އޭނާ ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާ ކުރެވިދާނެ ކަމުގެ ހިޔާލު މޯދީ ވަނީ ހުށައަޅާފައެވެ.

މޯދީގެ ޓްވީޓްގައި ބުނެފައިވަނީ ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި އެންމެން ގުޅިގެން އެކުގައި ކުރާ މަސައްކަތުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށެވެ.

މީގެ އިތުރުން މޯދީ ގެ އެހެން ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ދެކުނު އޭޝިއާގައި، އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ނުފޮރުޅާ އެންމެ ގަލެއްވެސް ބާވައިގެން ނުވާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އެންމެ ގިނައިން މީހުން ކޮރޯނާ ވައިރަހަށް ޕޮޒިިވްވެފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 75 މީހަށްކަށް މިވައިރަސް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ވައިރަސް ޖެހުނު އެކަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ "ޕެންޑަމިކް" ނުވަތަ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *