މަސްތުގެ ހާލަތުގައި ހުރި މީހަކު ނައިބު ރައީސް ފައިސަލް ނަސީމުގެ ކާރުކޮޅަށާއި އިތުރު އެހެން އުޅަނދުތަކަކަށް ގެއްލުން ދީފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އުޅަނދުތަކަކަށް ގެއްލުންދޭ ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

މިމައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރުކޮޅުގެ ވައިޕަރާއި ނަންބަރު ބޯޑު ބިންދާލައި، ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އިތުރު އުޅަނދުތަކަށް ދީފައިވާ ގެއްލުމުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

މިމައްސަލައިގައި އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމަށް މައުލޫމާތުލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.