މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯއިން ކަންޑައަޅައިފައިވާ ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުވުމަށް އުރީދޫ ރިންގްޓޯނަށް ހޭލުންތެރިކަމުގެ މެސެޖެއް ލައިފިއެވެ.

މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ގެނެސްފައިވާ ބަދަލެކެވެ. އެޗްޕީއޭން ބުނީ، މިއީ ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށްޓަކައި ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމެއްކަމުގައެވެ.

އުރީދޫ ކަސްޓަމަރުންގެ ފޯނުގައިވާ ހޭލުންތެރި ކުރުމުގެ މެސެޖުގައި ވަނީ 

ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ކޮންމެހެން ކުރަންވީ ކަންތައްތައް:

  • ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް އާދަކުރައްވާ.
  • ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ގޭގައި މަޑުކޮށް، މާސްކް ބޭނުން ކުރައްވާ
  • އަދި ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަތަކެތި ނުވަތަ އަތުގެ އުޅަނބޮށި ލަނބާލުމަށްފަހު އަނގައާ ނޭފަތް ނިވާކުރައްވާ
  • ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ ނަަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ވަޑައިނުގަންނަވާ
  • ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަންނަވާ
  • ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް އަމަލުކުރައްވާ

މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ - އެޗްޕީއޭގެ ފަރާތުން ގެނެސްދޭ މެސެޖެއް"

ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ކޮރޯނާވައިރަހަށް ރާއްޖެއިން ވަނީ އަށް ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވި އަށް މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންގެ އިތުރުން ކުރަމަތި އައިލޭންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.