ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވެފައިވާ މީހަކާ އެއް އިމާރާތެއްގައި މެލޭޝިއާ ދިރިއުޅެފައިވާ ދިވެއްސެއް، ރާއްޖެ އައުމުން އެބައްޔަށް ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ރޭ ދަންވަރު ކުރި ޓުވީޓެއްގައި ހާމަކޮށްފައިވަނީ، ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްޓަކައި ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މެލޭޝިއާގައި މިހާރު ކޮވިޑް-19 ބަލީގެ 123 މީހަކު އެބަތިއްބެވެ. އެ ގައުމުން 149 މީހަކަށް އެ ބަލި ޖެހުނުއިރު 26 މީހަކު ވަނީ ރަނގަޅު ވެސް ވެފަ އެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ އިއުލާން ކޮށްފައިވާއިރު، ރާއްޖެ އިން ވެސް ވަނީ އެ ބަލީގެ އަށް މީހަކު ފެނިފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *