ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ޕެންޑެމިކްއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފި އެވެ.

ޕެންޑެމިކްއަކީ މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރި ނުރައްކާވާ ހާލަތަކަށް ދިއުމެވެ. މީގެ ކުރިން ކޮވިޑް-19 ބަލަމުން ދިޔައީ އެޕިޑެމިކްއެއްގެ ގޮތުގަ އެވެ. އެޕިޑެމިކްއަކީ ވަކި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ބަލިމަޑުކަމެއް ފެތުރެމުންދިއުމުން ކިޔާ ހާލަތެކެވެ.

ޑަބްލިއު އެޗް އޯ ގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްްރޯސް އަހާނޮމް ހިބްރިއީސަސް ވިދާޅުވެފައިވަނީ “ޕެންޑެމިކް”މިއީ ލުއިގޮތަކަށް ނުވަތަ ފަރުވާކުޑަކޮށް ދެކޭވަރަށް ވުރެން މާސީރިއަސް ކަމެއްކަމަށެވެ. ދުނިޔެއިން 4291 މީހުން މިހާތަނަށް ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވާއިރު އެތައް ހާސްބަޔަކަށް ވަނީ މިވައިރަސް ޖެހިފައެވެ. 

މީގެ އިތުރުން ޑރ. ޓެޑްރޯސް ވިދާޅުވެފައިވަނީ ކުރިއަށް މިއޮތް ހަފްތާ ތަކުގައި އިތުރު މީހުންނަށް ވައިރަސް ޖެހުމާއި، މީހުން މިވައިރަސްގެ ސަބަބުން މަރުވުމާއި ވައިރަސް ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވާކަމެއް ވަނީ ވިދާޅުވެފައެވެ.

ޑރ ޓެޑްރޮސް ވިދާޅުވީ ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19ގެ ކޭސްތައް މިދިޔަ ދެ ހަފުތާ ތެރޭ ޗައިނާ އިން ބޭރުގައި 13 ގުނަ އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވައިރަސް ފެތުރިގެން ދިޔައިރު އެކަމާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރެވިފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ.

ޑރ ޓެޑްރޮސް ވިދާޅުވީ ސަރުކާރުތަކުން ވައިރަހާ ދެކޮޅަށް މިހާރަށް ވުރެ ސީރިއަސްކޮށް، ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭނެ ކަމާއި ގިނަ ގައުމަކުން ވަނީ މިއީ ހުއްޓުވިދާނެ ނުވަތަ ކޮންޓްރޯލް ކުރެވިދާނެ ވައިރަހެއްކަން ސާބިތުކޮށްދީފައި ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.