ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސްކޫލްތައް މިޑް ޓަރމް ބަންދަށްފަހު ހުޅުވުން އެއް ހަފުތާ ފަސްކޮށްފި އެވެ.

އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުން ފަސްކުރުމަށް ފަހު ސަރުކާރުން ނިންމާފައި ވަނީ ރޯގާގެ ހާލަތަށް ބަލައި، ހަފުތާއަކުން އެއްފަހަރު މި ނިންމުން ރިވިއުކުރަމުން ގެންދަން ކަމަށް ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ، ސްކޫލްތައް ބަންދުކޮށްގެން ކިޔަވައިދެވޭނެ ގޮތަކަށް ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" އާ ހަވާލުކޮށްފަ އެވެ.

ޖަވާބު” އިން ބުނެފައިވަނީ އެ މަސައްކަތް އެމީހުން ކޮށްދެނީ ހާލަތަށް ބަލައި ހިލޭސާބަކަށް ކަމަށެވެ.

ސްކޫލްތައް އެއް ހަފްތާއަށް ބަންދު ކުރަން ސަރުކާރުން މި ނިންމީ މިކަމަށް މެޑިކަލް އެސޯސިއޭޝަނުންނާއި ޓީޗާސް އެސޯސިއޭޝަން އަދި ގިނަ އާންމު ރައްޔިތުން ގޮވާލާފައިވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.