މިނިސްޓަރ ޝާހިދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ރަސްމިއްޔާތެކެވެ.

ޝައިޚް ޙަސީނާވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި 4 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެގޮތުން، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދު ހަރުދަނާ އުސޫލެއްގެ މަތީން މަޝްވަރާތައް ކުރުމަށްޓަކައި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ މޯލްޑިވްސް-ބަންގްލަދޭޝް ޖޮއިންޓް ކޮމިޝަން އޮން ކޮމްޕްރިހެންސިވް ކޯޕަރޭޝަން" ގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ ޑރ. އޭ.ކޭ ޢަބްދުލް މޮމެން އެވެ.

މީގެއިތުރުންވެސް، ދެގައުމުގެ ދެމެދުގައި އެކިއެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ބައިލެޓްރަލް ކޮންސަލްޓޭޝަންސް" ގައި ވެސް ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދުގެ އިތުރުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްޞޫދު ބިން މޮމެން އެވެ.

މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެގޮތުން، މަޝްވަރާތަކަށް މަގުފަހިކުރުމަށްޓަކައި ދެ ސަރުކާރު ދެމެދު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ދަ ފީލްޑް އޮފް ފިޝަރީޒް އެންޑް ޕެލަޖިކް ފިޝިންގ" ގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ބަންގްލަދޭޝްގެ ފިޝަރީޒް އެންޑް ލައިވްސްޓޮކް މެނޭޖަރ އެސް.އެމް. ރިޒާއުލް ކަރިމް ސޮއިކުރެއްވިއެވެ.

އެންމެ ފަހުން ސޮއި ކޮށްފައިވަނީ، ދެ ޤައުމުގެ އާދަކާދަ އާއި ސަޤާފަތް ދަސްކުރުމަށާއި އެކަމަށް އަހުލުވެރިވުމަށްޓަކައި "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ދަ އެޝްޓަބްލިޝްމަންޓް އޮފް ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް (ސީ.އީ.ޕީ) ފޮރ 2022-2025" އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝަހިދު އަދި ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް ކޭ.އެމް. ޚާލިދެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޞާލިހު އާއި ޝެއިހް ހަސީނާ ބައްދަލުކުރެއްވުމަށްފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *