ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ފައިލް ފޮޓޯ: ޖަޒީރާ / އަހުމަދު ޝުރާއު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލުކުރުމަށް އެދި، އެމަނިކުފާނުގެ އާއިލާގެ ފަރާތުން ހުށައަޅައިފިއެވެ.

ހޯމް މިނިސްޓްރީން މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ބުނީ ރައީސް ޔާމީންގެ އާއިލާގެ ފަރާތުން މިނިސްޓްރީއަށް އެ މައްސަލަ ހުށަހެޅި ނަމަވެސް، އެކަމާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ އާއިލާ އިން އެދިފައިވަނީ، ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރައްވަނީ މާފުށީ ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *