ބަންގްލަދޭޝް އިން ކޮވިޑް-19 އަށް ޔަގީންކުރެވޭ އެންމެ މީހަކު ފެނުމުން ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެވުން މަނާކުރިކަމަށާއި އިންޑިއާއިން އެއަށްވުރެއް ގިނައަދަދަކަށް ވައިރަސް އަށް މީހުން ޔަގީން ކުރެވިފައިވާ ކަމަށް ވިދާޅުވެ އަލްހާން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ މޭޔަރުކަމަށް ވާދަކުރައްވާފައިވާ އަލްހާން މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ރައީސް މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓެގް ކުރައްވާ ކުރައްވި ޓްވީޓްއެއްގައެވެ. އަލްހާން ވަނީ ދެގަައުމުގެ ރައީސުން ޓެގްކުރައްވާ އިންޑިއާގެ  ލަވައެއް ގެ ތަންކޮޅެއްކަމުގައިވާ  “ވައި ދިސް ކޮލަވަރި، ކޮލަވަރި ޑީ” މިހެން ލިއުއްވާ ސުވާލަ އުފައްދާފައެވެ. 

އިންޑިއާގައި ވެސް ކޮރޯނާ ވައިރަސް ފެތުރިފައިވާ އިރު އެ ޤައުމުން އަންނަ ފަރާތްތަށް ރާއްޖެ އެތެރެވުން މަނާ ނުކޮށްގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައިވެސް ހިޔާލު ފާޅުކޮށް ސުވާލު އުފައްދަމުންނެވެ. ބަންގަލްދޭޝްގައި އެ ވައިރަސް އަށް އެންމެ 3 މީހުން ޕޮޒިޓިވް ވެފައިވާއިރު އިންޑިއާގައި މިހާތަނަށް 53 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިކަމާ ގުޅުވައިގެން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބް ދެއްވަމުން ދެއްވަމުން ސަރުކާރުން ކޮރޯނާ ވައިރަސްގެ ކަންތައްތަކާއި ގުޅޭގޮތުން އައްޔަންކޮށްފައިވާ ސްޕޯކްސްޕަރސަން މަބްރޫކް ވިދާޅުވީ އިންޑިއާގައި ދިވެއްސަކު އަދި ޕޮޒިޓިވް ވެފައި ނުވާކަމަށެވެ. އަދި ޤައުމުތަކާ ދޭތެރޭ އެގޮތަށް ފިޔަވަޅު އެޅުމަކީ ވަރަށް ޓެކްނިކަލް މަސައްކަތެއް ކަމަށާއި ކޮންމެވެސް ޓީމަކުން ދެއްވާ އިރުޝާދެއްގެ މަތިން ކުރައްވާ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ޤައުމަކުން އެ ޤައުމުން ބޭރަށް ދަތުރު ކުރުމާ ގުޅޭގޮތުން އެޅިފައިހުރި ފިޔަވަޅުތަކަށް ރިއާޔަތްކޮށް ކުރާކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރުވެސް ފިޔަވަޅު އަޅާއިރު ވަކި ޤައުމެއް ނުބަލާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮންނަންވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.