ކޮވިޑް-19 ގެ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާކަން ކަށަވަރުވެފައިވަނީ ޖުމްލަ 6 ބިދޭސީންނަށެވެ. 

ފަރުކޮޅު ކަރަންޓީން ފެސިލިޓީގައި މިވަގުތު އެއްވެސް މީހަކު ކަރަންޓީން ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް ފަރުކޮޅުގައި އެކަހެރިކޮށްފައި (އައިސޮލޭޝަންގައި) 15 މީހަކު ތިބިކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ވިލިވަރުގައި 9 މީހުން ކަރަންޓީން ކުރެވިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. 

ރާއްޖޭގެ އެލަރޓްލެވަލް ރީދޫ އެލަރޓްގައި އޮތް އިރު ކުރެއްދޫ އަދިވެސް ވަނީ އޮރެންޖް އެލަރޓްގައެވެ. އަރާފޭބުން ވަގުތީގޮތުން ހުއްޓާލެވިފައިވާ ތަންތަނުގެ ތެރޭގައި ސޭންޑީސް ބަތަލާ، އއ.ވިލަމެންދޫ އަދި ކ. ވަންއެންޑްއޮންލީ ރީތިރަށް ހިމެނެއެވެ. 

ރާއްޖެއިން މިހާތަނަށް މިވައިރަސް އަށް ޝައްކުުވެފައިވާ މީހުންނަށް ބަލާލާއިރު ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރަމަތި އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސެއް ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސް ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ 

ވަންއެންޑްއޮންލީ ރީތިރަށް ރިސޯޓުގައިހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ކަރަންޓީންކޮށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އިތުރަށް މޮނީޓަރ ކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް އެރަށަށް. އަރާފޭބުން ވަގުތީގޮތުން ވަނީ ހުއްޓާލެވިފައެވެ.

އއ އަތޮޅުގަ ހިންގާ ކުރަމަތި ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ބަދަލުކުުރުމާއި ޓެސްޓު ހެދުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިރިސޯޓަށް އަރާފޭބުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލެވިފައެވެ.

ކުރެއްދޫ އައުލެންޑް ރިޒޯޓް ގައި ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން ކޮވިޑް-19 ގެ އަލާމަތް ފެނިފައިވާ 5 މީހަކު ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

ޗައިނާއިން ފުރައިގެން ރާއްޖެއެނބުރިއައި 2 މީހަކު ،މިހާރު އަމަލުކުރެވެމުންދާ އުސޫލްތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައިވާ އިތުރު ތިންމީހެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. މީގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓް އޮފީހުގެ މުވައްޒަފަކާއި ށ.ފޯކައިދޫއިން ފަރުކޮޅަށް ގެނެވުނު މީހަކު ހިމެނެއެވެ.

އދ ވިލަމަންދޫ ރިސޯޓްގައި މަސައްކަތް ކުރަމުންދާ  ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން އިތުރު ތަހުލީލް ކުރެވެމުންދާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *