ވަންއެންޑްއޮންލީ ރީތިރަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ކަރަންޓީންކޮށް ފައިވަނީ ކުޑަކުއްޖެއް ކަމަށް  ސަރުކާރުން ހާމަކޮށްފި އެވެ.

އެ ކުއްޖާގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ މިހާރު ވަނީ ސާމްޕަލްތައް ނަގާފަ އެވެ. ނަމަވެސް އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ. 

މިހާރު ވަންއެންޑްއޮންލީ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އެގޮތުން، އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފަ އެވެ.

ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.