ޔުއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ކުއާޓަރ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ޗެލްސީ ކާމިޔާބުކުރީ 2-0 ންނެވެ. މިދެޓީމް އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 ން ޗެލްސީ ކާމިޔާބުކޮށްފައިވުމުން، ޗެލްސީ އަށް ދެލެގުގެ އެގްރިގޭޓުން ކުރި ލިބުނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގެ 34 ވަނަ މިނިޓުގައި ޗެލްސީ އަށް ކުރިހޯދައިދިނީ ހަކީމް ޒިޔެޗެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެން 9 މިނިޓަށް ވެފައިވަނިކޮށް ޗެލްސީގެ އެންޓޯނިއޯ ރުޑީގާ އަށް އުޅަނބޮށިން ހަމަލާ ދިނުމުން އެތުލެޓިކޯގެ ސްޓެފަން ސެވިޗަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި އެވެ.

އެތުލެޓިކޯ އިން އެއް ކުޅުންތެރިޔަކު މަދުން ކުޅުމުގެ ފައިދާ ނަގައި، ދެވަނަ ހާފްގެ އިތުރު ވަގުތުގެ 4 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ފުޅާކޮށްދިނީ އެމަސަން ޕަލްމިއޭރީ އެވެ.

މިއީ 7 އަހަރަށްފަހު، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޗެލްސީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *