ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދޮށީއުމުރުގެ ބިދޭސީ އަކު އިތުރަށް މޮނީޓަރ ކުރަން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމައިފިއެވެ.

ދަރުމަވަންތައަށް ބަދަލު ކުރަން ނިންމައިފައިވަނީ ސޭންޑީސް ބަތަލާ ރިސޯޓުން ފަރުކޮޅުފުއްޓަށް ގެންދެވިފައިވާ ދެމަފިރިންނެވެ. އެދެމީހުންގެ ތެރެއިން އެކަކަކީ އުމުރުން 70 އަހަރުގެ ބޭފުޅަކަށް ވެފައި އިތުރަށް މޮނީޓަރ ކުރަންޖެހޭކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ނިންމާފައެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެދަމަފިރިން ބައިތިއްބަން ހަމަޖެހިފައިވަނީ ޑީއެޗް އިލަވަން ފެސިލިޓީގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. ޑީއެޗް އިލަވަން ފެސިލިޓީއަކީ މިފަދަ ރެސްޕިރޭޓަރީ ކަންތައްތަކަށް ހާއްސަ ސަމާލުކަން ދެވޭނެގޮތަށް ފަރުމާކުރެވިގެން އުފެއްދިފަ ހުރި ފެސިލިޓީއެެކެވެ.

ދަރުމަވަންތައަށް ބަދަލުކުރެވޭ ދެމަފިރިންގެ ތެރެއިން ގާތުން މޮނީޓަރ ކުރަންޖެހެނީ އުމުރުން 70 އަހަރުގެ މީހާ ކަމަށާއި ދެވަނަ މީހާ ގެނެވެނީ އެދެމީހުންނަކީ ދެމަފިރިން ކަމުގައި ވާތީކަމަށް މައުލޫމާތު ލިބެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *