ކޮވިޑް19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ މާލޭގައި މަޑުކޮށްގެން ހުރި މާގިރި ހޮޓެލް ޑިސްއިންފެކްޓް ކޮށް ޖަރާސީމާއި ވައިރަސް ނައްތާލަން، އެތަން ވަގުތީގޮތުން ބަންދުކޮށްފިއެވެ.

މާގިރި ހޮޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާގިރި ހޮޓަލުގެ އޮޕަރޭޝަންތައް މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށާއި ކޮވިޑް-19 ގެ އިންކިއުބޭޝަން ޕީރިއަޑަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށްފަހު، މި މަހުގެ 16 ވާ ހޯމަ ދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް މައާފަށް އެދިފަ އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އިޓަލީގެ ފަތުރުވެރިޔާ ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ނުފުރިގެން އައީ މާލެ އަށެވެ. އަދި މާޗު އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އޭނާ މާލޭގައި މަޑުކޮށްގެން ހުރީ މާގިރި ހޮޓަލުގަ އެވެ.

ވަގުތީ ގޮތުން ހޮޓެލް ބަންދުކޮށްފައި ވާއިރު އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

ފަތުރުވެރިޔާ މާލޭގައި ހުރި އިރު ޓިކެޓް ނަގަން އެމިރޭޓްސްގެ އޮފީހަށް ވެސް ދިޔަ އެވެ. ޓިކެޓިން އޮފީހުން އޭނާއާ ކޮންޓެކްޓުވި މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނިގެން އޭނާގެ ޓެސްޓުތަކެއް ވެސް ހެދި އެވެ. އަދި ޓެސްޓުތަކުން އޭނާ އެ ވައިރަހަށް ނެގެޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.