އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އިޓަލީވިލާތުގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މުޅި ގައުމު ލޮކްޑައުންކޮށްފިއެވެ.

މިއާއެކު އިޓަލީގެ އެއްވެސް ސަރަހައްދެއްގައި އެއްވުންތައް ބޭއްވުމާއި ބޭރުން އަންނަ މީހުން އެތެރެވުން އަދި އެގައުމުގައި ތިބި އެއްވެސް ރައްޔިތަކު އެގައުމުން ބޭރަށް ދިޔުން މަނާވާނެ އެވެ. އެ ގައުމުގެ ސަރުކާރުން މި ނިންމުން ނިންމީ ކޮރޯނާ ވައިރަހުގައި އިޓަލީ އިން 463 މީހުން މަރުވެފައިވަނިކޮށެވެ.

ބޮޑުވަޒީރު ޖޫޒެއްޕެ ކޯންތެ ވަނީ ހުރިހާ އެންމެންވެސް ގޭތެރޭގައި ތިބުމަށާ، ބޭރަށް ނިކުންނަން ކޮންމެހެން ޖެހިއްޖެނަމަ ކަމާބެހޭ ފަރާތްތަކުގެ ހުއްދައެއް ހޯދައިގެން މެނުވީ ބޭރަށް ނުނިކުތުމަށް އަމުރު ކުރައްވާފައެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ބޮޑުވަޒީރު ކޯންތެ ވިދާޅުވީ ދެން އިތުރު ވަގުތެއް ނެތް ކަމަށާ، މި ފިޔަވަޅުތަކަކީ، ނުރައްކާ އެންމެ ބޮޑުވެފައިވާ މީހުންގެ ސަލާމަތަށްޓަކައި ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

އިޓަލީގެ 20 ސަރަހައްދަކަށް ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު އެ ބަލި ކޮންޓްރޯލު ނުވެ އެ ގައުމުގައި ދަނީ ފެތުރެމުންނެވެ. އިޓަލީގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ އެކި ސްޓޭޝަންތަކުގައި ފަސިންޖަރުންގެ ޓެމްޕަރޭޗާ ބެލުންވެސް ކުރިއަށް ގެންދެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި އިޓަލީވިލާތުންވަނީ ޖަލު ގައިދީންނަށް ދެމުންދިޔަ އާއިލީ ބައްދަލުވުންތައް ނުބޭއްވޭ ގޮތަށް ހަމަޖައްސާފައެވެ. މިކަމާ ގުޅިގެން ގައިދީން ހިންގި ހަމަނުޖެހުންތަކުގައި 7 ގައިދީއެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ އިތުރުން ޖަލުގައި ތިބެ، މަސްތުވާތަކެތި ހޯދަން ބޭނުންވެ، އެ ނުލިބުމުގެ ސަބަބުން ޖަލު ހޮސްޕިޓަލު ފަޅާލައިގެން ބޭސްތަކެއް ނަގާ، އެ ބޭނުންކުރި 2 ގައިދީއަކު އޯވާޑޯޒްވެގެން މަރުވި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާތަނަށް މުޅި ދުނިޔެއިން 111،000 މީހަކަށް މި ބަލި ޖެހިފައިވާއިރު ޖުމްލަ 3،890 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *