އދ.ވިލަމެންދޫ ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ ގައިގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން އޭނާގެ ޓެސްޓު ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

މޮނިޓާ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިން" ހެދުމަށް އެ ރަށަށް އަރައިފޭބުން ވެސް ވަނީ ވަގުތީ ގޮތުން މިހާރު މަނާ ކަމަށް އެޗްޕީއޭ އިން ކުރި ޓުވީޓުގައި ވެ އެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން ކުރެއްދޫ އައިލެންޑު ރިސޯޓުން ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަތަލާ ރިސޯޓުން ވެސް ބައްޔަށް ވަނީ ދެ ފަތުރުވެރިޔަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ފެނިފައިވާކަން އެޗްޕީއޭ އިން އެންމެ ފަހުން އިއުލާންކުރީ ރޭގަ އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ އެކެވެ.މިހާތަނަށް އެއްވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނުވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އަރައިފޭބުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ކުރެއްދޫ އާއި ބަތަލާ އަދި ވިލަމެންދޫ ރިސޯޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.