އުތުރު ތިލަފަޅު ތަރައްގީކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ވެވުނު އެންމެ މުހިންމު އެއް އެއްބަސްވުމެވެ. ރާއްޖެއަކީ 99.7 އިންސައްތަ ކަނޑުުގެ ސަރަހައްދުގެ މައްޗަށް އެކުލެވޭ ގައުމެއް ކަމަށްވާއިރު އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑާއިއެކު ރާއްޖޭގެ ކޯސްޓް ގާޑްގެ ގާބިލްކަން އެތައް ދަރަޖައެއް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ބައެއް ފަރާތްތަކުން އަންނަނީ މިއީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުން ލިބިދާނެ ފަދަ އެގްރީމެންޓެއްގެ ގޮތުގައި ސިފަކުރަމުންނެވެ. ހަމައެގޮތަށް، އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ފޭކް ލިޔުންތަކެއް އާއްމުކުރުމަކީ އާއްމުންގެ މެދުގައި ބިރުވެރިކަން އުފައްދައި ސިފައިންގެ އަގު ވައްޓާލުމަށް ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އުތުރު ތިލަފަޅާއި ގޮތުން ދެކެވެމުން އަންނަ ވާހަކަތައް ތިލަކޮށްދިނުމަށް "ޖަޒީރާ" ގެ ނޫސްވެރިޔާ މުހައްމަދު އަފްޒަލް، "ދިފާއީ ބާރުގެ ޔަގީންކަން: މިނިވަންކަމުގައި ކޫރުމެއް ނޭޅޭނެ" މި ސުރުހީގައި ރިޕޯޓެއް ލިޔެފައިވެއެވެ.