ރާއްޖޭގެ މިވަގުތުގެ ކޮވިޑް-19 ގެ ހާލަތަށް ބަލާލާއިރު ރާއްޖެއިން މިބަލި ފެނިފައިވަނީ ޖުމްލަ 4 މީހުންގެ ގައިންނެވެ. މިއެންމެންނަކީ ވެސް ބިދޭސީންނެވެ.

ފަފުކޮޅުގައި ކަރަންޓީން ކުރެވިފައިވަނީ 2 މީހުން ކަމަށާއި ފަރުކޮޅު އައިސޮލޭޝަންގައި ތިބީ 9 މީހުންކަމުގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެލަރޓްލެވަލް އަށް ބަލާލާއިރު ރާއްޖެ އޮތީ ޔެލޯއެލަރޓްގަ ކަމުގައި ވިޔަސް ކުރެއްދޫ ރިސޯޓު އޮތީ އޮރެންޖް އެލަރޓްގައެވެ. 

ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށްދިއަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަވާ އިޓަލީ ވިލާތުގެ ފަތުރުވެރިޔާ ކޭސްއާއި ގުޅިގެން ކުރިއަށް ގެންދިޔަ “ކޮންޓެކްޓް ޓްރޭސިންގ”މަސައްކަތުން،1 ކުން 2 މާރިޗް 2020 އަށް މާލޭގައި އެފަތުރުވެރިޔާ މާގިރި  ހޮޓެލްގައި މަޑުކޮށްފައިވާކަން އެނގުމާއި ގުޅިގެން، އެފަތުރުވެރިޔާއާއި ބައްދަލުވެފައިވާ ކަމަށް ޤަބޫލްކުރެވޭ 13 މީހަކު މިހާރުވަނީ ކަރަންޓީން ކޮށްފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މީގެ އިތުރުން އެފަތުދުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތްކޮށްފައިވާތީ، އެތަނުވައި މަސައްކަަތްކުރާ އެކަކުވަނީ ފަރުކޮޅުފުށީ އައިސޮލޭޝަންގައި އެކަހެރިކުރެވިފައެވެ. 

ށ. ފޯކައިދޫގައި ހުރި ކޮވިޑް-19 އަށް ހުރި ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް މިހާރުވާނީ އެކަހެރިކޮށް ޓެސްޓުކުރުމަށް ފަރުކޮޅުފުށި އައިސޮލޭޝަންް ފެސިލިޓީ އަށް ގެނެވިފައެވެ. 

ސޭންޑީޒް ބަތަލާ އައިލެންޑްއިން ކޮވިޑް-19 އަށް 2 މީހުންވަނީ ޕޮޒިޓިވްވެފައެވެ. 

ބަންގްލަދޭޝްއިން ވައިރަސް މިހާރު ފެނުމާއިއެކު، 09 މާރިޗު 2020 ވަނަ ދުވަހުގެ މެންދަމު 12:00އިން ފެށިގެން ބަންގްލަދޭޝްއިން މީހުންއައުން ވަގުތީގޮތުންވަނީ ހުއްޓާލާފައެވެ. 

ކޮވިޑް-19 ގެ އަލާމާތްތައް ހުއްޓައި ފަތުރުވެރިޔަކު ކަމާއިބެހޭ އިދާރާތަކަށްނޭގި ރާއްޖޭންބޭރަށް ފުރައިގެން ދިޔަ މައްސަލައިގައި ޝާމިލްވާ ފަރާތްތަކާއިމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ފްރޮސެކިއުޓަރ ޖެނެރަލް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް މަބްރޫކްވަނީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ވިދާޅުވެފައެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.