ޑިއުޓީ އޮފް ގަޑީގައި ކ. އެނބޫދޫ ފިނޮޅު ކައިރިއަށް މަސް ހިފަން ފީނަނިކޮށް ގެއްލުނު ސިފައިންގެ މީހަކު، ނިޔާވެފަައި އޮއްވާ ފެނިއްޖެ އެވެ.


މިހާމިހާދިސާގައި ނިޔާވެފައިވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ޔައުގޫބު އަހުމަދެވެ. އޭނާ އަކީ، ޖެވެއިލިން އުކުމުގެ ގައުމީ ޗެމްޕިއަނެއްގެ އިތުރުން މީގެ ކުރިން ގައުމީ އެތްލެޓިކްސް ޕޫލްގައި ހިމެނުނު ދުވުންތެރިއެކެވެ.

އެމްއެންޑީއެފުން ބުނީ، ދަނގަޑު ހަރައިގެން ފަރުމަސް ހިފަން ފޭބި ޔައުގޫބުގެ ހަށިގަނޑު ފެނުނީ މޫދުއަޑިން ކަމަށެވެ. ޔައުގޫބުގެ ހަށިގަނޑު ފެނުނީ، އޭނާ ހޯދަން ޑައިވްކުރި ސިފައިންގެ ކޯސްޓް ގާޑުގެ ޑައިވަރުންނަށެވެ.

އޭނާ ހަށިގަޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.