މިހާރުު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމުގެގޮތުން، ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން މެދުކަނޑައިލައިފިއެވެ. 

މިކަން މިހެން ކޮށްފައިވަނީ ބައިތިއްބައިގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އަދި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތިންކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮންމެ ބަލިމީހަކާއި އެކު އެއް އެހީތެރިޔަކަށް މަޑުކުރެވޭނެ ވާހަކަށް ވަނީ ބިނެފައެވެ. މީގެ އިތުރުން އެހެން މީހުން ހޮސްލޮޓަލަށް ޒިޔާރާތް ކުރުމާއި، މިނޫން އެހެން ކަންކަމުގައިވެސް ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވަން ނުޖެހޭނަމަ ވަޑައިނުގަތުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.