ރައީސުލްޖުމްހޫރިއްޔާ އެން.އީ.އޯ.ސީ އަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑްގެ ދުވަސްވަރު އިޖްތިމާއީ ހިދުމަތްތެރިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސެލިއުޓް ކުރައްވައިފި އެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ވޯލްޑް ސޯޝަލް ވަރކް ޑޭ" ގެ ނަމުގައި އިޖުތިމާޢީ ޚިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ފާހަގަކުރާ ދުވަހެވެ. އެގޮތުން މި ދުވަސް މި އަހަރު މި ފާހަގަކުރަނީ މާރިޗު މަހުގެ 16 ވަނަ ދުވަހުގައެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އިޖުތިމާއީ ހިދުމަތްތެރިން، އެ ހިދުމަތް އެންމެ ބޭނުންވާ ފަރާތްތަކަށް ވަގުތުން އެ ހިދުމަތް ފޯރުކޮށްދިނުމަށްކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރާކަމަށެވެ. އަދި އެ މަސައްކަތަށް ސެލިއުޓް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދިވެސް އިޖުތިމާއީ ހިދުމަތް އެންމެ ބޭނުންވާ ފަރާތްތަކަށް، އެ ހިދުމަތް ލިބޭނެގޮތަށް އުސޫލު ހަރުދަނާކުރުމަށް މަސަކަތްކުރުމުގައި ދެމިތިބޭނެކަމަށެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ ޚިދުމަތްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ޚިދުމަތްތެރިން އަމާން ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގައްޔާއި އިޖުތިމާޢީ ޢަދާލަތާއި އިންސާނީ ޙައްޤުތައް ދިފާޢުކުރުމުގައި އިޖުތިމާޢީ ޚިދުމަތްތެރިން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ޢާންމު ފަރުދުންނާ ހަމައަށް ގެންގޮސްދީ ހާމަކޮށްދިނުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *