ކުރެއްދޫގައި ހުރި ވައިރަހަށް ޕޮޒިޓިވްވި ޓޫރިސްޓް ނުފުރިގެން މާގިރި ހޮޓަލްގައި ދެ ދުވަހު މަޑުކުރި ކަމަށް ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ހާއްސަކޮށްފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި އަދި ޔުނިވާސަލްގެ ޓިކެޓް އޮފީހަށް ވެސް އޭނާ ގޮސްފައި ވުމާއި އޭނާއާ މުއާމަލާތް ކުރި އެތަނުގެ މުވައްޒަފުގެ އަލާމާތްތަކެއް ހުރުމުން އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.