ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

މީގެ ކުރިން އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަނީ 2019 ނޮވެމްބަރު 10 ވަނަ ދުވަހު އަންގާފައެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން އިއުލާންކުރައްވާފަ އެވެ. ރައީސް ސޯލިހު ވަނީ ޔޫއޭއީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަނީ ބަދަހި ވެފައެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އެގައުމުން ދަނީ ބޮޑެތި އެހީތައް ވެދެމުންނެވެ.

ފޮރިން މިނިސްޓަރު ޝާހިދު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެގައުމަށް ދެވޭ ގޮތް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *