ކޮރޯނާވައިރަސް މިހާރު ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ އައުން މަނާކޮށްފިއެވެ.

މިއަދު ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިޔުލާއެއްގައި ބުނެފައިވަނީ  ކޮވިޑް-19 އިންރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިންވެސް ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ރާއްޖެ އާދެވޭނެކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ބަންގްލަދޭޝްއިން ކޮރޯނާވައިރަސްއަށް މިހާތަނަށް ތިން މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ކޮވިޑް-19 ބަންގަލަދޭޝް އިން ފެނުނުކަން އިއްޔެ ވަނީ ޔަގީންކޮށްދީފަ އެވެ. އެ ގައުމުން ބަލި ފެނިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ދެމީހެއްގެ ގައިންނާއި އެ ދެ މީހުންގެ އާއިލާގެ މީހެއްގެ ގައިންނެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ އިތުރުން ޗައިނާ އާއި އީރާނުގެ އިޓަލީ އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.