ސުޕަރމޫން މިރޭރާއްޖޭ ގަޑިން 22:48 ގައި ފެންނާނެ ކަމަށް ލަފާކުރެވެއެވެ. މިއީ 2020 ވަނައަހަރުގެ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ކައިރިން ފެންނަ ސުޕަރމޫންއެވެ.   

މިކަމާ ގުޅުވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައިވަނީ ރާއްޖޭގަޑިން 22:48 ގައި ސުޕަރމޫނަގެ ފުރިހަމަ ހަނދެއްމިރޭ ފެންނާނެކަމަށެވެ.

މިރޭގެ ސުޕަރމޫން އަކީ “ސުޕަރ ވަރމް މޫން” އެއްކަމުގައި މައުލޫމާތު ލިބެއެވެ.މިއަހަރުގެ އެންމެ ފުރަތަމަ ސުޕަރމޫން ފެނިފައިވަނީ 9 ފެބްރުއަރީ 2020 ވަނަ ދުވަހުއެވެ. ދެން ސުޕަމޫންއެއް  ފެންނާނީ 8 އޭޕްރީލް 2020 ގައެވެ. އެރޭގެ ސުޕަރ ޕިންކް މޫން އަކީ މިއަހަރުގެ އެންމެ ބޮޑު  މޫން ކަމުގައި މައުލޫމާތު ލިބެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.