ޚަބަރު
މާވަށު “ކިލާގަނޑު” ސަރަހައްދު ސާފުކުރަން ފަށައިފި
މާވަށު ކިލާގަނޑު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ---
މާވަށު ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މާވަށު ކުޅި ނުވަތަ”ކިލާގަނޑު” އިހު އޮތްގޮތަށް އިޢާދަކުރުމަށްޓަކައި އެސަރަޙައްދު ސާފުކުރުމުގެ މަސައްކަތްކުރަން ފަށައިފިއެވެ.
މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ގުޅިގެން އިއްޔެ ފެށި މަސައްކަތުގައި މާވަށު އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، ސަރަހައްދުގެ ރީތިކަން މިހާރުވެސް ދަނީ ފެންނަމުންނެވެ.
ލ. އަތޮޅު އާސާރީ، ތާރީހީ ބިނާތައް ހިމާޔަތް ކުރުމާއި ބެލެހެއްޓުމުގެ ބައެއް މަސައްކަތްތައް މިދިޔަ އަހަރުން ފެށިގެން ކުރަމުންދާ އިރު، މާވަށު ކުޅިއަކީ “އެންދެރި” ޕްރޮޖެކްޓްގެ އެހީގައި ހިމާޔަތް ކުރުމަށްވެސް ނިންމާފައިވާ ސަރަހައްދެކެވެ. “އެންދެރި” އަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ މަޝްރޫއެކެވެ.
އެޕްރޮޖެކްޓްގެދަށުން ހަވާލުކުރާ ފުރަތަމަ އެހީ ލ.އަތޮޅުގެ ނުވަ ރަށަކަށް ވަނީ ދީފައެވެ.
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top