އީރާނުގައި ކޮވިޑް-19 ޖެހުނު އިތުރު ޕާލިމެންޓު މެމްބަރެއް އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރުއެންއޭއިން ބުނެފި އެވެ.

އީރާނުގެ މަޖިލިސް މެމްބަރެއްކަމުގައިވާ ފާތިމާ ރަބާ އަވަހާރަވީ ތެހެރާން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މިއާ ކޮވިޑް-19 ޖެހިގެން އަވަހާރަވި އީރާންގެ ދެވަނަ އެމްޕީ އެވެ. އުމުރުން 56 އަހަރުގެ އެމްޕީ ރަބާ ވަނީ އީރާނުގައި 2004އިން 2016އަށް ޕާލިމެންޓު މެމްބަރުކަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ މިދިޔަ މަހު ބޭއްވި އާއްމު އިންތިހާބުގައި އަނެއްކާވެސް ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ.

އީރާނުން ވަނީ އެގައުމުގެ އެމްޕީއެއް ކަމަށްވާ މުހައްމަދު އަލީ ރަމަޒާނީވެސް ކޮވިޑް-19 ޖެހިގެން މިދިޔަ ހަފްތާގައި އަވަހާރަވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ 290 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އީރާނުގައި މިހާތަނަށް 5،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 145 މީހަކު ވަނީ މަރުވެފަ އެވެ. 


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.