ކްރޮސްރޯޑްސް މޯލްޑިވްސް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުދެވޭ ގޮތަށް، ވަގުތީގޮތުން އެތަން ބަންދުކޮށްފިއެވެ. މިއީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް އިން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެކެވެ. 

ކްރޮސްރޯޑްސް އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަނުގެ މުވައްޒަފުންނާއި، ގެސްޓުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހާ ހަމައަށް، ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކްރޮސްރޯޑްސް ވަގުތީ ގޮތުން ބަންދުކުރަން ނިންމި ނިންމުމަކީ ސަލާމަތީ ފިޔަވަޅެއް ކަމަށާއި، މިހާތަނަށް ކޮވިޑް19ގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށް އެ ތަނުން ވަނީ ބުނެފައެވެ.

މާޗް 13 ވާ ހުކުރު ދުވަހުން ފެށިގެން، އަނެއްކާވެސް ކްރޮސްރޯޑްސް ހުޅުވާލާނެކަމަށް މައުލޫމާތުލިބެއެވެ.

ކްރޮސްރޯޑްސް އިން ބުނީ ތަނުގެ ސްޓާފުންނާއި ގެސްޓުންގެ ސަލާމަތާ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ކޮވިޑް19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ދެމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފުންނެވެ. އެއާއެކު އެ ރިސޯޓަށް އަރާ ފޭބުންވަނީ މަނާކޮށްފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.