އެ ހޮސްޕިޓަލުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން 8 މާރޗް އިން ފެށިގެން ބަލި މީހުންނަށް ފާސް ނެތި ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އައިޖީއެމްއެޗް އިން ވަނީ، ފާސް ލިބިފައިވާ މީހުންގެ އިތުރުން، އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި، މި ނޫން އެހެން ކަންތައްކުގައިވެސް ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި އެންމެހައި ފިޔަވަޅުތަކެއް ސަރުކާރާއި ކަމާއިބެހޭ އެންމެހައި މުއައްސަސާތަކުން ދަނީ އެންމެ ފުރިހަމައަށް އަޅަމުންނެވެ.