ކޮވިޑް 19 ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށް އެދި، މިއަދުން ފެށިގެން، މިނިސްޓްރީ އިން ވަކި ގޮތެއް އަންގަންދެން، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ކިޔާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން  ހަމަ ޖައްސަވައިފިއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށުމާއި ގުޅިގެން މީގެ ކުރިން އިސްލާމިކް މިނިސްޓްރީއިން ވަނީ ރޭގަނޑުގެ ނަމާދުތަކުގައި ޤުނޫތު ކިޔުމަށް އަންގާފައެވެ.


ކޮވިޑް 19 ގެ ދެ ކޭސް ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރާއި ކަމާއިބެހޭ އެންމެހައި ވުޒާރާތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިކަމުން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަމަށް ސަމާލުކަން ދިނުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން މިހާތަނަށް 107،490 މީހުން ޕޮޒިޓިވް ވެފައިވާއިރު، 3،652 މީހަކު މިހާތަނަށްވަނީ މަރުވެފައެވެ. އަދި ރާއްޖެއިން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައިވާ ދެމީހަކު ފެނިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *