ސިއެޓަލްގައި ކޮވިޑް-19 އަށް ވެކްސިން އުފެއްދި ކުންފުންޔަކުން އެ ވެކްސިން ގެ ކްލިނިކަލް ޓެސްޓުތައް ހެދުމަށް ވޮލެންޓިއަރުން ހޯދުމަށް އިއުލާނު ކޮށްފިއެވެ. 

ބަޔޯ ޓެކްނިލޮޖީ މޮޑަރނާ ތެރެޕިއުޓިކް ކުންފުނިން ވަނީ ވެކްސިން އުފެއްދުމަށްފަހު މޭރިލޭންޑްގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝިއަސް ޑިޒީޒަރސް ( އެންއައިއޭއައިޑީ )އަށް ފެބްރުއަރީ 24 ގައި ހަވާލު ކޮށްފައެވެ.

މިއެޖެންސީން ވެކްސިންގެ ކްލިނިކަލް ޓްރައަލް އޭޕްރިލް މަސް ނިމުމުގެ ކުރިން ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި ކޭޒަރ ޕަރމަނަންޓޭ ވޮޝިންގްޓަން ހެލްތު ރިސަރޗް އިންސްޓިޓިއުޓްއަށް މި ވެކްސިން ޓެސްޓުކުރުމަށް ސޮޕޮންސަރ ކުރާނެކަމަށް އެންއައިއޭއައިޑީ ގެ ޑިރެކަޓަރ އެންތަނީ ފޯސީ ވޯލް ސްޓްރީޓް ޖަރނަލްއަށް މައުލޫމާތު ދެއްވިއެވެ. 

މިވެކްސިން ޓެސްޓުކުރުމަށް ސިއްހަތު ސަލާމަތުން ތިބި އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ 45 ވޮލެންޓިއަރުން ފުރަތަމަ ޓްރައަލް އަށް ބޭނުން ވާކަމަށާއި، މި ވެކްސިން އެމީހުންނަށް ބޭނުން ކުރުމުން ދިފާއި ނިޒާމަށް އަންނަ ބަދަލް ބެލުމާއި، ދެވޭ ޑޯޒުން ނުއެދެވޭއަސަރެއް ކުރޭތޯ ބެލޭނެއެވެ.

މިވެކްސިންގައި ކޮވިޑް-19 ޖައްސާ ސަރސް-ކޮވް-2 ނަމަކަށްކިޔާ ވައިރަސް އެކުލެވިގެން ނުވާނެކަމަށް ކައިޒަރ ޕަރމަނަންޓޭގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހިމަބިހި ފަދަ ވައިރަސްތަކަށް ވެކްސިންތައްޔާރުކުރުމަށް އެވައިރަސްއެއްގެ ސަބަބުން ބަލިވެފައިވާ ނުވަތަ މަރުވެފައިވާ ވައިރަސް ބޭހެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް މިވެކްސިންގައި އެފަދަ ވައިރަސްއެއް ބޭނުންކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިވެކްސިން ގައި ބޭނުންކުރަނީ “މެސެންޖަރ އާރްއެންއޭ” ނުވަތަ “އެމްއާރްއެންއޭ”ނަމަކަށް ކިއާ ވައިރަސްގެ ޖެނެޓިކް މެޓީރިއަލްއެކެވެ. މިގޮތަށް ވެކްސިން ޑިޒައިން ކުރުމުން މޮޑަރނަރއަށް ވެކްސިން އުފެއްދުމުގެ މަރުހަލާ އަވަސްވެގެންދެއެވެ. ސަބަބަކީ ދިރިހުރި ވައިރަސްގެ ސާމްޕަލެއް ވަކިކޮށްގެން މޮޑިފައިކުރަން ނުޖެހުމެވެ.  

މިޓެސްޓުގައި ބައިވެރިވާ 45 މީހުން 3 ގުރޫޕަކަށް ބަހާލުމަށްފަހު ކޮންމެ 28 ދުވަހަކުން ޑޯޒެއް ދެވެއެވެ. މިޓެސްޓުގެ މުއްދަތުގައި ކޮންމެ ބައިވެރިއަކުވެސް 14 ނޫނީ 11 ފަހަރު ވަކިވަކިން ދިރާސާ ކުރުމަށް އަންނަން ޖެހެއެވެ. އަދި އަންނަ ކޮންމެ ފަހަރަކަށް އިނާޔަތެއްގެ ގޮތުގައި 100 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ފުރަތަމަ ސޭފްޓީ ޓެސްޓުތައް ނިމުމަށްފަހު ވެކްސިން ބާޒާރަށް ނެރުމުގެ ކުރިން މިއަށް ވުރެ ގިނަ ބައިވެރިން ބޭނުންކޮށްގެން ވެކްސިންގެ ޓެސްޓުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މިހަފްތާގެ ކުރީކޮޅު އެމެރިކާގެ ސިއްހީ ހިދުމަތްތެރިން ވިދާޅުވެފައިވަނީ މިއުފެއްދުން ކިތަންމެ ކުރިއަރާފައިވީކަމުގައިވިޔަސް ކޮވިޑް-19 ގެ ވެކްސިން އެހާ އަގުހެޔޮވާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

މޮޑަރނަރގެ ސީއީއޯ މިކަމާއި ގުޅުވައި ވިދާޅުވެފައިވަނީ މޮޑަރނަރ ކުންފުނީގެ ވެކްސިން އަގުހެޔޮކުރެެވޭނެ ކަމަށެވެ.  

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *