ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ބޭސް ފިހާރަތަކުން ހުސްނުވެ މާސްކް އަދި ސެނިޓައިޒާ ލިބެން ހުންނާނެ ކަމަށް އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެފައި ވީނަމަވެސް މާލޭގެ ގިނަ ބޭސްފިހާރަތަކުން މިތަކެތި ހުސްވެފައިވާކަން ވަނީ ކަށަވަރު ވެފައެވެ. ބައެއް ފިހާރަތަކުގައި މިތަކެތި ލިބެންހުރި ކަމުގައިވީނަމަވެސް އެތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން 50ރ ވިއްކަމުގައި އަކި ސެނަޓައިޒަރ ފުޅިއެއްގެ އަގުވަނީ 120ރ އަރާފައެވެ. 

ސެނަޓައިޒާރ ފަދަ ތަކެއްޗަކީ ސީދާ އެބޭނުންވާ ފަރާތްތަކަށް ލިބެން އެންމެ މުހިންމު ތަކެތި ކަމަށްވުމުން މިވަގުތު އާންމުނަށް ހޭންޑް ސެނިޓައިޒާ ދިނުން މަޑު ޖައްސާލާފަ އަމްރު ވިދާޅުވިއެވެ.  

ކޮރޯނާ ވައިރަސްއަށް ދެ މީހަކު ޕޮޒިޓިވްވުމާއެކު މިހާރު ރާއްޖޭގެ ހާލަތު ވަނީ ޔެލޯ އެލާޓަށް ބަދަލުކޮށްފަ އެވެ. އަދި ކުރެއްދޫ އައިލެންޑް ރިސޯޓު އޮތީ އެރެންޖް އެލާޓްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.