ފޯކައިދޫ ހެލްތް ސެންޓަރުން ސީ.އެން.އެމް އަށް މަޢުލޫމާތު ދެއްވިގޮތުގައި ކުރެއްދޫ ރިޒޯޓުގައި މަސައްކަތް ކުރާ އެ ރަށު ޒުވާނަކު ރަށުގައި ހުރިކަމުން އޭނާ ގޭގައި އެކަހެރި ކުރެވިފައިވާ ކަމަށާއި އަދި އޭނާގެ ޢާއިލާއާއި އޭނާ އާއި ކޮންޓެކްޓް ވެފައިވާތީ އެ ޢާއިލާގެ 9 މީހަކު ވަނީ ސެލްފް އައިސޮލޭޓް ކުރެވިފައެވެ. 

މީގެ އިތުރުން ހަމަ އެ ރިޒޯޓުގައި މަސައްކަތްކުރާ އިތުރު ޒުވާނަކު ވެސް އޭނާގެ އަނބިމީހާއާއި ދަރިފުޅާއެކު، މިއަދު ފޯކައިދޫއަށް އައުމުން އެ އާއިލާ ވެސް ވަނީ އެކަހެރި ކުރެވިފައެވެ.

ނަމަވެސް އައިސޮލޭޓް ކުރެވުނު އެއްވެސް މީހެއްގެ ފަރާތުން މިބަލީގެ އަލާމަތެއް ނުފެންނަކަމާއި، ޓެސްޓްކުރަން ޖެހިއްޖެ ޙާލަަތެއްގައި ކަމާއި ބެހޭ އިދާރަތަކުން އެކަން ކުރާނެކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތުދެއެވެ.  އައިސޮލޭޓް ކުރެވުނު ދެ ސްޓާފުން އައީ ކޮވިޑް-19 އަށް ޕޮސިޓީވްވި ދެ މީހަކު ފެނުނު ރިސޯޓެއްގައި މަސައްކަތްކުރަން އުޅެފައެވެ. 

ކުރެއްދޫ ރިސޯޓުން ކޮރޯނާއަށް ޕޮސިޓިވް ދެމީހުން ފެނިފައިވުމާއި އެކު އެ ރަށް އޮތީ އެލަރޓް ލެވެލް 2 ކަމަށްވާ އޮރެންޖްގައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *