ޗައިނާ ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޗުއަންޖޯ ސިޓީގައި ކޮވިޑް-19 ޖެހުނު މީހުން އެކަހެރިކޮށްފައި ބޭތިއްބި ހޮޓަލެއް ވެއްޓިއްޖެއެވެ.

އިމާރާތް ވެއްޓުނުއިރު އެތަނުގައި 70 މީހުން ތިބިކަމަށާއި ހޮޓާ ވެއްޓުނީ ކިހިނެއްކަމެއް އަދި ނޭގޭކަމަށް މައުލޫމާތުލިބެއެވެ.

އެއިމާރާތުން މިހާތަނަށް 35 މީހުން މިހާރު ވަނީ ނެރެފައެވެ. އަދި އިމަޖެންސީ ވޯކަރުން މިހާރުވެސް ދަނީ އެ އިމާރާތުގައި ތާށިވީ މީހުން ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހޮޓަލުގައި ތިބީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެމީހުނާ ކޮންޓެކްޓްވި މީހުންނެވެ.

ވެއްޓުނު ހޮޓަލަކީ 2018 ވަނަ އަހަރު ހުޅުވި 80 ކޮޓަރީގެ އިމާރާތެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.